"މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއް"

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން މިހާރު ކުރިއަށްދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުން ކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.

ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޒަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން، ރައީސް ތަކުރާރު ކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މާލޭ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައް ކަމަށާއި މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.

އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން، ޕާކިންގގެ މައްސަލައަށް ހައްލު ގެނައުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަމިއާއެކު، ފަރުދީ ޒިންމާ ވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ހައްލު އަންނާނެކަމުގައި ރައީސް ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަ ‏‏ޕްލެޓްފޯމެއް

14 ގަޑިއިރު ކުރިން
team

ފުވައްމުލަކުގައި ގާއިމްކުރި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

15 ގަޑިއިރު ކުރިން
team

ޔާރާ ޕްރޮޑަކްޝަންގެ"ޕްރޮޖެކްޓް ޑީ "ދެވި"ހިފާނެ

15 ގަޑިއިރު ކުރިން
team

ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތަކާ ދުރުވާން ފަސޭހަވާނެ: ރައީސް

1 ދުވަސް ކުރިން
team

ކަންކަން ރަނގަޅުކުރެވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެން: ރައީސް

1 ދުވަސް ކުރިން
team

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

1 ދުވަސް ކުރިން
team

އުސްގެކޮޅަށް ބަޔަކު ގެއްލުން ދީފި، މިނިސްޓްރީން އެދުމުން ވެސް ސިޓީ ކައުންސިލުން އެތަނުގެ ތަޅުދަނޑި ނުދިން

1 ދުވަސް ކުރިން
team

ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ފުވައްމުލަކުގައި ސަރުކާރުން އެޅި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަނީ

1 ދުވަސް ކުރިން
team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy