ގައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިހާބުވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިހުލާސްތެރިކަމާއެކު ހިދުމަތްކުރަންޖެހޭކަމަށެވެ.
ނަމަވެސް ފެންނަނީ އދިކޮޅު ޕާޓީތަކުން އިންތިހާބުވާ ފަރާތްތައް އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާ މަންޒަރުކަމަށެވެ.
ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެންކަމަށާއި، ފެންނަން ބޭނުންވާ ބަދަލު ފެންނާނީ އިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތައް ރާއްޖޭގައި ޒިންމާދާރުވި ދުވަހަކުން އިދކޮޅު ފަރާތްތައް ދައްކާ ވާހަކަތައް ވަރަށް ސީރިއަސްކޮށްނަގާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް