މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގުތިސާދީ، އަހުލާގީ އަދި ގއުމީ ސަލާމަތަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ އައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ، މި ދުވަހަށް ޚާއްޞަ ކުރެވިފައިވާ، މިއަހަރުގެ ޝިއާރުކަމުގައިވާ "ވޯލްޑް ޑްރަގް ޕްރޮބްލަމް: ޕާސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" ނުވަތަ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން، މަސައްކަތް ކުރުމަށް، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކުގައި ކަމަށެވެ.

އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ.

މީގެ އިތުރުން، މިފަހުން ގެނެވުނު ގާނޫނީ އިސްލާހުތަކުގެ ސަބަބުން، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީ ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަން، އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަން ތަކުރާރު ކުރައްވާފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ގައުމެއް ބިނާކުރުމަށް ޓަކައި އާއިލާތަކާއި، މުޖުތަމައުތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

އަދި އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުސަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިހުތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ގައުމެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން، އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް

team

"މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއް"

2 ގަޑިއިރު ކުރިން
team

އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަ ‏‏ޕްލެޓްފޯމެއް

14 ގަޑިއިރު ކުރިން
team

ފުވައްމުލަކުގައި ގާއިމްކުރި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

15 ގަޑިއިރު ކުރިން
team

ޔާރާ ޕްރޮޑަކްޝަންގެ"ޕްރޮޖެކްޓް ޑީ "ދެވި"ހިފާނެ

15 ގަޑިއިރު ކުރިން
team

ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތަކާ ދުރުވާން ފަސޭހަވާނެ: ރައީސް

1 ދުވަސް ކުރިން
team

ކަންކަން ރަނގަޅުކުރެވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެން: ރައީސް

1 ދުވަސް ކުރިން
team

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

1 ދުވަސް ކުރިން
team

އުސްގެކޮޅަށް ބަޔަކު ގެއްލުން ދީފި، މިނިސްޓްރީން އެދުމުން ވެސް ސިޓީ ކައުންސިލުން އެތަނުގެ ތަޅުދަނޑި ނުދިން

1 ދުވަސް ކުރިން
team

ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ފުވައްމުލަކުގައި ސަރުކާރުން އެޅި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަނީ

1 ދުވަސް ކުރިން
team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy