ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަ ‏‏ޕްލެޓްފޯމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅު ތެރޭގައި ‏‏އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ‏‏އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދުގެ ގުޅުން ބަދަހިކުރުމަށް، ޑިޖިޓަލް ‏‏ޕްލެޓްފޯމެއް ތައާރަފު ކޮށްފި އެވެ‏‎.‎

‏"ހާބާ ޕޯޓަލް"ގެ ނަމުގައި ތައާރަފު ކުރެވޭ މި ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި، ފަޅުތެރެ ‏‏ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.

އޭގެ އިތުރުން، މި ޕޯޓަލްގެ ‏‏މެދުވެރިކޮށް ފަޅުތެރެ ބޭނުން ކުރާ އުޅަނދު ފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ‏‏އެމްއޭސީއެލްއަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.‏

‏ފަޅުތެރެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން "ހާބާ ޕޯޓަލް" ބޭނުން ކުރަން ފެށުމުގެ ކަންކަން ކުރިއަށް ‏‏ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައް ‏‏ރަޖިސްޓްރީ ކުރުމާއި، ޕޯޓަލް ބޭނުން  ކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އެގޮތުން އުޅަނދުތަކުގެ ވެރިންނަށް ‏‏މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވާނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އެހީތެރިކަން ‏‏ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.‏

‏ހާބާ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ‏‏ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ.

ފަހު ‏‏މަރުހަލާގައި 'ހާބާ ޕޯޓަލް' ފުރިހަމައަށް ބޭނުން ކުރަން ފެށުމާ އެކު، ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް ‏‏މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.‏

ކޮމެންޓް

team

"މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއް"

2 ގަޑިއިރު ކުރިން
team

އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް

3 ގަޑިއިރު ކުރިން
team

ފުވައްމުލަކުގައި ގާއިމްކުރި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

15 ގަޑިއިރު ކުރިން
team

ޔާރާ ޕްރޮޑަކްޝަންގެ"ޕްރޮޖެކްޓް ޑީ "ދެވި"ހިފާނެ

15 ގަޑިއިރު ކުރިން
team

ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތަކާ ދުރުވާން ފަސޭހަވާނެ: ރައީސް

1 ދުވަސް ކުރިން
team

ކަންކަން ރަނގަޅުކުރެވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެން: ރައީސް

1 ދުވަސް ކުރިން
team

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

1 ދުވަސް ކުރިން
team

އުސްގެކޮޅަށް ބަޔަކު ގެއްލުން ދީފި، މިނިސްޓްރީން އެދުމުން ވެސް ސިޓީ ކައުންސިލުން އެތަނުގެ ތަޅުދަނޑި ނުދިން

1 ދުވަސް ކުރިން
team

ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ފުވައްމުލަކުގައި ސަރުކާރުން އެޅި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަނީ

1 ދުވަސް ކުރިން
team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy