ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތައް ބޭނުންކުރާ ފަރާތްތަކަށް އެ ބާވަތްތަކާ ދުރުވާން ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގައި ވާހަދައްކަވަމުން ރައީސް ވިދާޅުވީ ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހެދި ދިރާސާއެއްގައިވާ ތާވަލަކާ އެއްގޮތަށްކަމަށެވެ.
ރައީސް ވިދާޅުވީ ދުންފަތާ ދުރަށްދާން ބޭނުންވާ މީހުންނަށް މި ފިޔަވަޅުގެ ސަބަބުން ވާނީ ފަސޭހަކަމަކަށްކަމަށެވެ.
އެ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތާ ރައްޔިތުން ދުރުކުރަން ސިވިލް ސޮސައިޓީ މެދުވެރިކޮށް ބޮޑު ހަރަކާތެއް ފަށަން ނިންމައިވައިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމް ފަށާއިރު ދުންފަތާ ދުރުހެލިވާން ބޭނުންކުރާ އެކިކަހަލަ އެއްޗިހިން ޑިއުޓީ ވެސް ކަނޑައިލާނެކަމަށެވެ.
ސިވިލް ސޮސައިޓީ މެދުވެރިކޮށް ފަށާ ޕްރޮގްރާމްގައި އެކި ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން ބޭނުންވާ ކަންކަން ފަހިކޮށްދީ ފައިސާގެ އެކި އިނާމުތައްދީ، އެކިކަހަލަ އިންސެންޓިވް ވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ މިންވަރު ކަނޑައަޅާނީ އެ މީހުންގެ މަސައްކަތުން މީހުން ދުންފަތާ ދުރުވާ ނިސްބަތަށް ބަލައިގެން ކަމަށެވެ.
ކޮމެންޓް