ފުވައްމުލަކުގައި ގާއިމްކުރި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ފުވައްމުލައް ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމުގެ ތެރެއިން—ފޮޓޯ/އިސްލާމިކް މިނިސްޓްރީ

ފުވައްމުލައް ސީޓީގައި ގާއިމްކުރި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.

މިއަދު ފުވައްމުލަކުގައި އެ މަރުކަޒު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސައުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރުއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަރުކަޒު ހުޅުވުމަށްފަހު ގުރުއާން ހިފްޒްކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެ ކަމަށާއި އަދި މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކުގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު އެ ސިޓީގެ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ގުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ގުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަގުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ހަރަދު ކުރާނީ ފުވައްމުލަކުގެ ދީނީ އެކި ކަންކަމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުވައްމުލައް ގުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސް ރޫމާއި، ނަމާދު ކޮޓަރިއަކާއި، ހިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެ އެވެ.

ކޮމެންޓް

team

"މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއް"

2 ގަޑިއިރު ކުރިން
team

އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަ ‏‏ޕްލެޓްފޯމެއް

14 ގަޑިއިރު ކުރިން
team

ޔާރާ ޕްރޮޑަކްޝަންގެ"ޕްރޮޖެކްޓް ޑީ "ދެވި"ހިފާނެ

15 ގަޑިއިރު ކުރިން
team

ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތަކާ ދުރުވާން ފަސޭހަވާނެ: ރައީސް

1 ދުވަސް ކުރިން
team

ކަންކަން ރަނގަޅުކުރެވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެން: ރައީސް

1 ދުވަސް ކުރިން
team

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

1 ދުވަސް ކުރިން
team

އުސްގެކޮޅަށް ބަޔަކު ގެއްލުން ދީފި، މިނިސްޓްރީން އެދުމުން ވެސް ސިޓީ ކައުންސިލުން އެތަނުގެ ތަޅުދަނޑި ނުދިން

1 ދުވަސް ކުރިން
team

ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ފުވައްމުލަކުގައި ސަރުކާރުން އެޅި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަނީ

1 ދުވަސް ކުރިން
team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy