އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް

އެންޑީއެމްއޭގެ އިސްވެރިން މިނިސްޓަރު އަލީ ޝަރީފުގެ އަރިހަށް ޒިޔާރަތްކުރެއްވުން --

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިސްވެރިން އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފާ ބައްދަލުކުރައްވައިފި އެވެ.

އެންވަޔަރަންމަންޓް‏ މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ‏އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނާއި އެ އޮތޯރިޓީގެ އިސް މެނޭޖްމަންޓް ޓީމުން ބައިވެރިވި އެވެ.

އެ މިނިސްޓްރީން ބުނީ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ގުޅުން ބަދަހިކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި، ކާރިސީ ހިރާސް ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދެކެވުނެވެ. އަދި މި ދާއިރާތަކުން ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ބައްދަލުވުންތަކަކީ ދެ މުއައްސަސާގެ ދައުރު ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ދެ ފަރާތުން ވެސް ފާހަގަ ކުރެއްވި އެވެ.

އެންޑީއެމްއޭގެ އިސްވެރިންގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

team

"މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއް"

2 ގަޑިއިރު ކުރިން
team

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަ ‏‏ޕްލެޓްފޯމެއް

14 ގަޑިއިރު ކުރިން
team

ފުވައްމުލަކުގައި ގާއިމްކުރި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

15 ގަޑިއިރު ކުރިން
team

ޔާރާ ޕްރޮޑަކްޝަންގެ"ޕްރޮޖެކްޓް ޑީ "ދެވި"ހިފާނެ

15 ގަޑިއިރު ކުރިން
team

ދުންފަތުގެ އަގު ހެޔޮކުރުމުން ނުރައްކާތެރި ބާވަތްތަކާ ދުރުވާން ފަސޭހަވާނެ: ރައީސް

1 ދުވަސް ކުރިން
team

ކަންކަން ރަނގަޅުކުރެވޭނީ އިދިކޮޅުގައި ތިބި ފަރާތްތައް ވެސް އިހުލާސްތެރިވެގެން: ރައީސް

1 ދުވަސް ކުރިން
team

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

1 ދުވަސް ކުރިން
team

އުސްގެކޮޅަށް ބަޔަކު ގެއްލުން ދީފި، މިނިސްޓްރީން އެދުމުން ވެސް ސިޓީ ކައުންސިލުން އެތަނުގެ ތަޅުދަނޑި ނުދިން

1 ދުވަސް ކުރިން
team

ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން
team

ފުވައްމުލަކުގައި ސަރުކާރުން އެޅި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަނީ

1 ދުވަސް ކުރިން
team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy