މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ޓާމިނަލާ ދިމާލުގައި ފާކުކޮށްފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން ބުނީ ތާރު އެޅުމުގެ މަސައްކަތް ފަށާތީ، މިރޭ 11:50 އިން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދު ވާނެ ކަމަށާއި އޭގެ ފަހުން އެސަރަހައްދުގައި ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ވަނީ އެކަމުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފެށީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އެވެ.
ކޮމެންޓް