އިސްދޫ-ކަލައިދޫ އެއާޕޯޓަކީ ދާއިރާގެ ތަރައްގީއަށް އެޅޭ އެންމެ ބޮޑުފިޔަވަޅު: ޝަފީއު

އެމްޕީ ޝަފީއު ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ—

އިސްދޫ-ކަލައިދޫ އެއާޕޯޓަކީ އިސްދޫ ދާއިރާގެ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓްރީން ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އަޅާނީ އިސްދޫ-ކަލައިދޫގައިކަމަށް ނިންމުމުން ޝަފީއު ވިދާޅުވީ އެ އެޕޯޓަކީ މުޅި އަތޮޅާއި މުޅި ދާއިރާއަށް އިންގިލާބީ ކުރިއެރުން އަންނާނެކަމަށެވެ.

އެ އެއާޕޯޓަކީ އެ ދާއިރާގެ ރައްޔިތުން އެދި އެދި ތިބި އެއާޕޯޓެއްކަމަށާއި، އެ އެއާޕޯޓު އެ ދާއިރާގައި އަޅަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުފުޅެކެވެ.

ނަމަވެސް އެއާޕޯޓު އަޅާނެ ވަކި ރަށެއް އޭރު ރައީސް ނިންމަވައިފައިނުވެއެވެ.

ލ. އަތޮޅުގައި ވައިގެމަގުން ދަތުރުކުރުމަށް އޮންނަނީ ކައްދޫގައި އޮންނަ އެއާޕޯޓު އެކަންޏެވެ. އެ އެއާޕޯޓަށް އިސްދޫ ކަލައިދޫގެ ރައްޔިތުން ދަތުރުކުރާނަމަ 45 މިނެޓު ހޭދަވެއެވެ.

އެހެންކަމުން އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމުން އިސްދޫ ކަލައިދޫ ކައިރީގައި އޮންނަ ދަނބިދޫ އަދި މާބައިދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.

ކޮމެންޓް

team

ތާރު އަޅަން ފަށާތީ، ކާނިވާ ސަރަހައްދާ ދިމާލުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

14 މިނިޓު ކުރިން
team

ހިމަންދޫގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން މާލީ އެހީ ލިބިއްޖެ

1 ގަޑިއިރު ކުރިން
team

އިމިގްރޭޝަނުން ބަންގްލަދޭޝް މީހަކު ހޯދަނީ

1 ގަޑިއިރު ކުރިން
team

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ - ކަލައިދޫއަށް

2 ގަޑިއިރު ކުރިން
team

ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލުން ކާޑު ލިމިޓް ދެނީ

3 ގަޑިއިރު ކުރިން
team

ކިލޯއަކަށް ވުރެ ގިނަ ޑުރަގާއި ފައިސާއާއެކު މާލެއިން ދެމީހުން އަތުލައިފި

4 ގަޑިއިރު ކުރިން
team

ގަތަރަށާއި އެކުވެރި އަރަބި އިމާރާތަށް ސަފީރުން ކަނޑައަޅައިފި

4 ގަޑިއިރު ކުރިން
team

ވޯލްޑް ބޭންކުގެ ވަފުދަކާ ފިނޭންސް މިނިސްޓަރު ޒަރީރު ބައްދަލު ކުރައްވައިފި

5 ގަޑިއިރު ކުރިން
team

ރާއްޖޭގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

7 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ ބައްދަލު ކުރައްވައިފި

7 ގަޑިއިރު ކުރިން
team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

22 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

22 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy