ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް އުޅޭތީ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރު ކުރަމުންދާ، ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެމްއެންއެންޑީއެފުން ބުނީ އެ މަސްބޯޓުތައް ފެނުނު ދިމާލަށް ކޯސްޓްގާޑުން މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް އަދި ނޭނގެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ.
ކޮމެންޓް