ވޯލްޑް ބޭންކުގެ ވަފުދަކާ ފިނޭންސް މިނިސްޓަރު ޒަރީރު ބައްދަލު ކުރައްވައިފި

ވޯލްޑް ބޭންކުގެ ވަފުދަކާ ފިނޭންސް މިނިސްޓަރު ބައްދަލު ކުރެއްވުން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ވޯލްޑް ބޭންކުގެ ވަފުދަކުން މިހާރު ރާއްޖެއަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވީ ‏ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖެއާ ނޭޕާލް، އަދި ސްރީލަންކާ ޑިވިޝަން ޑިރެކްޓަރު ޑޭވިޑް ސިސްލެން އާއި ރާއްޖެ އަދި ސްރީ ލަންކާގެ ކަންޓްރީ މެނޭޖަރު ގެވޯގް ސާގްސިޔާނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ އޮތް އެ ބައްދަވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރާއްޖެއާ ވޯލްޑް ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެ ފަރާތަށް ވެސް ފައިދާ ހުރި ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމާބެހޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދޭނެ ފުރުސަތުތައް ފުޅާ ކުރުމާއި ޕްރިވެޓް ސެކްޓާ ކުރިއެރުވުމާ ބެހޭގޮތުން ވެސް ދެ ފަރާތުން ހިޔާލުކޮށް މަޝްވަރާކުރި އެވެ.

މިނިސްޓްރީން ބުނީ މި ކަންކަމުގެ އިތުރުން ރާއްޖޭގެ ގައުމީ ތަރައްގީގެ އަމާޒުތަކާ ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ކަންކަން އަވަސް ކުރުމަށް ވެސް އެ ބައްދަވުމުގައި މަޝްވަރާކުރި ކަމަށެވެ.

ކޮމެންޓް

team

ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލުން ކާޑު ލިމިޓް ދެނީ

6 މިނިޓު ކުރިން
team

ކިލޯއަކަށް ވުރެ ގިނަ ޑުރަގާއި ފައިސާއާއެކު މާލެއިން ދެމީހުން އަތުލައިފި

1 ގަޑިއިރު ކުރިން
team

ގަތަރަށާއި އެކުވެރި އަރަބި އިމާރާތަށް ސަފީރުން ކަނޑައަޅައިފި

1 ގަޑިއިރު ކުރިން
team

ރާއްޖޭގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

3 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ ބައްދަލު ކުރައްވައިފި

4 ގަޑިއިރު ކުރިން
team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

19 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

19 ގަޑިއިރު ކުރިން
team

ދާއިމީ އިމާމުންގެ ދަތިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަނީ

19 ގަޑިއިރު ކުރިން
team

ބީއެމްއެލުން ނުކުޅެދޭ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ފޯރުކޮށްދީފި

20 ގަޑިއިރު ކުރިން
team

"ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ"

21 ގަޑިއިރު ކުރިން
team

މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކޮށްފި

22 ގަޑިއިރު ކުރިން
team

ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރު އޮޕަރޭޝަން ގެންނަނީ

22 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy