މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކޮށްފި

މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކުރުން--

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް، އެސް ޕޯލް ކަޕޫރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުމެއްގައި މި އަހަރަކީ، ރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެ ކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައިވެ އެވެ.

އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވެސް ބައްލަވާލައްވާފައިވެ އެވެ.

މި ބައްދަލު ކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގުތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ.

ރައީސް ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްގީގެ މަޝްރޫއުތަކާއި، އިގުތިސާދު ސިންދަފާތުކޮށް ގައުމަށް ފައިދާ ހުރި މަޝްރޫއުތަކަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމަށް ވެސް ފައިދާހުރި ކަންކަމުގައި، ދެ ގައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކޮމެންޓް

team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

12 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

13 ގަޑިއިރު ކުރިން
team

ދާއިމީ އިމާމުންގެ ދަތިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަނީ

13 ގަޑިއިރު ކުރިން
team

ބީއެމްއެލުން ނުކުޅެދޭ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ފޯރުކޮށްދީފި

14 ގަޑިއިރު ކުރިން
team

"ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ"

14 ގަޑިއިރު ކުރިން
team

ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރު އޮޕަރޭޝަން ގެންނަނީ

16 ގަޑިއިރު ކުރިން
team

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

17 ގަޑިއިރު ކުރިން
team

ޑާކް ރެއިންގެ އައު ފިލްމު "ޕްރޮޖެކްޓް 43" ގެ ޝޫޓިން ފަށައިފި

19 ގަޑިއިރު ކުރިން
team

އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް!

19 ގަޑިއިރު ކުރިން
team

މާލިއްޔަތުގެ ޤާނޫނަށް އޭސީސީ މުވައްޒަފުން އަހުލުވެރިކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

19 ގަޑިއިރު ކުރިން
team

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 467 ފުޅި ބަނގުރާ ނައްތާލައިފި

19 ގަޑިއިރު ކުރިން
team

ޕީސީބީގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި

21 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy