ޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދަށް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުއައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް އިން ކުރިއަށްގެންގޮސްފިއެވެ.
އެ ސެޝަން ނަގައިދިން މާލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ކަމަށެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަންތަކުގައި ބަޖެޓް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދެވިފައިވާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
މަލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އެ ސެޝަންތައް ނަގައިދީފައިވަނީ އެ ވުޒާރާގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް އަބުދުﷲ އަތީޤް މުހައްމަދާއި ބަޖެޓް އެނަލިސްޓް ރުހުޝާ އަލީކަމަށެވެ.
ކޮމެންޓް