ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އިސްދޫ - ކަލައިދޫގައި އަޅަން ނިންމައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އިސްދޫ-ކަލައިދޫގައި ދެވަނަ އެއާޕޯޓު އަޅަން ހަމަޖެހިފައިވާކަން މިއަދު އިއުލާނުކޮށްފައެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުފުޅެކެވެ.
ނަމަވެސް އެއާޕޯޓު އަޅާނެ ވަކި ރަށެއް އޭރު ރައީސް ނިންމަވައިފައިނުވެއެވެ.
ލ. އަތޮޅުގައި ވައިގެމަގުން ދަތުރުކުރުމަށް އޮންނަނީ ކައްދޫގައި އޮންނަ އެއާޕޯޓު އެކަންޏެވެ. އެ އެއާޕޯޓަށް އިސްދޫ ކަލައިދޫގެ ރައްޔިތުން ދަތުރުކުރާނަމަ 45 މިނެޓު ހޭދަވެއެވެ.
އެހެންކަމުން އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމުން އިސްދޫ ކަލައިދޫ ކައިރީގައި އޮންނަ ދަނބިދޫ އަދި މާބައިދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.
ކޮމެންޓް