ދުންފަތާ ރައްޔިތުން ދުރުކުރަން ސިވިލް ސޮސައިޓީ މެދުވެރިކޮށް ބޮޑު ހަރަކާތެއް ފަށަން ނިންމައިވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތާ ދުރުކުރުމަށް ސިވިލް ސޮސައިޓީއާ އެއްކޮށް ފަށާނީ ގައުމީ ބޮޑު ކެމްޕެއިންއެއްކަމަށެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމް ފަށާއިރު ދުންފަތާ ދުރުހެލިވާން ބޭނުންކުރާ އެކިކަހަލަ އެއްޗިހިން ޑިއުޓީ ވެސް ކަނޑައިލާނެކަމަށެވެ.
ސިވިލް ސޮސައިޓީ މެދުވެރިކޮށް ފަށާ ޕްރޮގްރާމްގައި އެކި ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން ބޭނުންވާ ކަންކަން ފަހިކޮށްދީ ފައިސާގެ އެކި އިނާމުތައްދީ، އެކިކަހަލަ އިންސެންޓިވް ވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ މިންވަރު ކަނޑައަޅާނީ އެ މީހުންގެ މަސައްކަތުން މީހުން ދުންފަތާ ދުރުވާ ނިސްބަތަށް ބަލައިގެން ކަމަށެވެ.
ކޮމެންޓް