ޅ. ނައިފަރަށް ތިން ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ ވިލާރަތްލާގެ، އިބްރާހީމް ތިހްނާން ޒަހީން، 18، އެވެ.
ނައިފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ފެނިފައި ވަނީ ތިން ފުޅި ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އޭނާގެ ބަންދަށް ކޯޓުން ޖަހައިދިނީ 10 ދުވަހުގެ މުއްދަތެކެވެ.
ކޮމެންޓް