މަޖިލިސް ތެރެއިން ރައީސްގެ ވެރިކަން ވައްޓާލަން ލާހިކު ކުޅަދާނައެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 އަބްދުއްރަހީމް މި ގޮތަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވައި ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ފެށުމަށް އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކައިގެން މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށެވެ.

"އެކަން ކުރާކަން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރައްޔިތުން ހައްލަން ރައްޔިތުން ވާ ވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫނޭ. ރައްޔިތުން ތިބީ ރައީސް ޑރ. މުއިއްޒުއާ އެކީގައި. މި ސަރުކާރާ އެކީގައި. ޕީއެންސީއާ އެކީގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ނުވަތަ އެ ޕެޓިޝަންގައި އެންމެ ފުރަތަމަ ސޮއި ކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެތަނަށް ބޭނުން ވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސް ގެންގުޅުއްވާ ތަސައްވަރު ހަގީގަތަށް ހެދުމުގެ ދަތުރުގައި ވައިވެރިވާނެ ފަޅުވެރިއެއް ނުވަތަ އެމްޕީއެއް ކަމަށެވެ.

"އެ ދަތުރަށް ބޭނުންވާ އެމްޕީއެއް ނުވަތަ ފަޅުވެރިއެއް ނުވަތަ ބައިވެރިއެއް އަޅުގަނޑުމެން ބޭނުން ވަނީ. އެ ބައިވެރިއަކަށް އެ އެމްޕީއަކަށް ވާންވީ އަޅުގަނޑުމެންގެ ކެންޑިޑޭޓު އަހުމަދު ސައީދު ކެންޑިޑޭޓް ނަމްބަރު 1 "ސޮޑާ" އޭ،"

މާޒީން އިބުރާތް ހާސިލުކޮށްފި ނަމަ ވޯޓު ދޭނީ ސޮޑާއަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ދައުލަތުގެ މުދަލުގައި ހުޅުޖަހާ އަންދާލުގައި އެންމެ އަޑީގައި ހުރި މޭސްތިރިއަކު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އައްޑޫ ރައްޔިތުން ބޭނުން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތަށް ފުރައިފި

50 މިނިޓު ކުރިން
team

ނައިފަރަށް 3 ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި

2 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންނަށް މިނިސްޓަރުގެ ސާބަސް

2 ގަޑިއިރު ކުރިން
team

އީދު ނަމާދާ ގުޅިގެން ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

3 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ

5 ގަޑިއިރު ކުރިން
team

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

8 ގަޑިއިރު ކުރިން
team

ބޯކޮށް ވާރޭ ވެހޭނެތީ އުތުރަށް ވައިޓް އެލާޓް ނެރެފި

9 ގަޑިއިރު ކުރިން
team

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހާ ގުޅިގެން ރައީސް: މިހުރީ ފުޓުބޯޅަ ކުރިއަރުވަން ވީ ވައުދާއެކު

9 ގަޑިއިރު ކުރިން
team

މިތިބީ ރައީސްއާއެކު ސާބިތުވެ، ފިތުނު އުފައްދައިގެން ބައިބައިނުކުރެވޭނެ: އަދުރޭ

9 ގަޑިއިރު ކުރިން
team

ދިވެހި ހުރިހާ ހައްޖުވެރީން މިހާރު ތިބީ މިނާގައި

10 ގަޑިއިރު ކުރިން
team

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް

20 ގަޑިއިރު ކުރިން
team

ޗައިނާގެ ކޯލް މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy