ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެތީ ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތައް ކަމަށްވާ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓް އޮފީހުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާ މާދަމާ ވެސް ވިއްސާރަ ކުރާނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފަ އެވެ.
އަންނަ ބުދަ ދުވަކީ އީދު ދުވަސް ކަމަށްވާއިރު، މެޓުން ލަފާކޮށްފައިވަނީ އީދު ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.
ކޮމެންޓް