މިތިބީ ރައީސްއާއެކު ސާބިތުވެ، ފިތުނު އުފައްދައިގެން ބައިބައިނުކުރެވޭނެ: އަދުރޭ

އަބްދުއްރަހީމްއާއި ރައީސް މުއިއްޒު -- ފޮޓޯ/ ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ޕީއެންސީގެ ޕީޖީ ގްރޫޕް ސާބިތުވެ ތިބިކަމަށާއި ފިތުނަ އުފައްދައިގެން އެ ޕާޓީ ބައިބައި ނުކުރެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

“އަދަދު” ނޫހުން ޕީއެންސީގެ ޕީޖީ ގްރޫޕުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި އެމަނިކުފާނުގެ ނުފޫޒު ޕީޖީ ގްރޫޕުން ކުޑަކޮށްފައިވާކަމަށް ބުނެ ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އެ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޖީ ގްރޫޕުން ވަކި ގޮތަކަށް ކަމެއް ކުރުމަށް ރައީސް މުއިޒުގެ ފަރާތުން ހުށަހެޅުމެއް ވެސް ހުށަހަޅާފައި ނުވާކަމަށެވެ. އެފަދަ ވާހަކަތަކަކީ އެ ޕާޓީ ބައިބައިކުރަން ދައްކާ ވާހަކަތަކެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީއަކީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހިންގާ ޕާޓީއެއްކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އިތުރަށް އަދުރޭ ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕް ރައީސްއާއެކު ސާބިތުވެ ތިބިކަމަށެވެ.

އަދަދު ނޫހުން ރިޕޯޓު ކޮށްފައިވަނީ އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް އެ ޕާޓީގެ ކޮންގްރެސްގެ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ބާރު ޕާޓީގެ ލީޑަޝިޕަށް ދިނުމަށް ހުށަހަޅާފަކަމަށެވެ. ނަމަވެސް އެ ޕާޓީގެ ސެނެޓުން އެކަން ބޭރުކޮށްލައިފައިވާކަމަށް ވެސް އެ ނޫހުން ރިޕޯޓުކުރިއެވެ.

ނަމަވެސް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވެސް ވަނީ އަދަދު ނޫހުން ލިޔުނު އެ ހަބަރަކީ ދޮގު ހަބަރެއްކަަމަށް ބުނެފައެވެ.

ކޮމެންޓް

team

ނައިފަރަށް 3 ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި

1 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންނަށް މިނިސްޓަރުގެ ސާބަސް

1 ގަޑިއިރު ކުރިން
team

އީދު ނަމާދާ ގުޅިގެން ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

2 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ

4 ގަޑިއިރު ކުރިން
team

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

6 ގަޑިއިރު ކުރިން
team

ބޯކޮށް ވާރޭ ވެހޭނެތީ އުތުރަށް ވައިޓް އެލާޓް ނެރެފި

8 ގަޑިއިރު ކުރިން
team

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހާ ގުޅިގެން ރައީސް: މިހުރީ ފުޓުބޯޅަ ކުރިއަރުވަން ވީ ވައުދާއެކު

8 ގަޑިއިރު ކުރިން
team

ދިވެހި ހުރިހާ ހައްޖުވެރީން މިހާރު ތިބީ މިނާގައި

9 ގަޑިއިރު ކުރިން
team

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް

19 ގަޑިއިރު ކުރިން
team

ޗައިނާގެ ކޯލް މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

48 ފުޅި ބަނގުރަލާ އެކު ހުޅުމާލެއިން ދެ ދިވެހިން ހައްޔަރު ކޮށްފި

1 ދުވަސް ކުރިން
team

މަޖިލިސް ތެރެއިން ރައީސްގެ ވެރިކަން ވައްޓާލަން ލާހިކު ކުޅަދާނައެއް ނޫން"

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy