ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

މީރާއިން ބަޔަކު ހިދުމަތް ހޯދަނީ: ފޮޓޯ/ ޕީއެސްއެމް

ދައުލަތަށް ނުލިބި ހުރި ފައިސާ ރިކަވާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހު 543 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ މިދިޔަ މަހުގެ ރިޕޯޓުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ގުޅައިގެން 543 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނާއި ޑިއުސް ކްލިއަރެންސް އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ އިތުރުން އެކްޝަން ޕޮލިސީގެ ދަށުންނެވެ.

މީރާއިން ފައިސާ ހޯދަން އެޅި ފިޔަވަޅުތައް:

1. ނޯޓިސް ފޮނުވައިގެން: 372 މިލިއަން ރުފިޔާ

2. ޑިއުސް ކްލިއަރެންސް: 96 މިލިއަން ރުފިޔާ

3. އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން: 64 މިލިއަން ރުފިޔާ

4. ހަނދާންކޮށްދިނުމަށް ކުރި ފޯން ކޯލްތަކުން: 5 މިލިއަން ރުފިޔާ

5. އެކްޝަން ޕޮލިސީ: 4 މިލިއަން ރުފިޔާ

މީރާއިން ވަނީ މިދިޔަ މަހު ވެސް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އާންމުކޮށްފަ އެވެ. މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ. މީގެ ތެރޭގައި ކުންފުނިތަކާއި އެ ނޫން ވެސް ފިޔަފާރި ކުރާ ފަރާތްތައް ހިމެނެ އެވެ.

ކޮމެންޓް

team

ނައިފަރަށް 3 ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި

1 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންނަށް މިނިސްޓަރުގެ ސާބަސް

1 ގަޑިއިރު ކުރިން
team

އީދު ނަމާދާ ގުޅިގެން ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

2 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ

4 ގަޑިއިރު ކުރިން
team

ބޯކޮށް ވާރޭ ވެހޭނެތީ އުތުރަށް ވައިޓް އެލާޓް ނެރެފި

8 ގަޑިއިރު ކުރިން
team

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހާ ގުޅިގެން ރައީސް: މިހުރީ ފުޓުބޯޅަ ކުރިއަރުވަން ވީ ވައުދާއެކު

8 ގަޑިއިރު ކުރިން
team

މިތިބީ ރައީސްއާއެކު ސާބިތުވެ، ފިތުނު އުފައްދައިގެން ބައިބައިނުކުރެވޭނެ: އަދުރޭ

8 ގަޑިއިރު ކުރިން
team

ދިވެހި ހުރިހާ ހައްޖުވެރީން މިހާރު ތިބީ މިނާގައި

9 ގަޑިއިރު ކުރިން
team

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް

19 ގަޑިއިރު ކުރިން
team

ޗައިނާގެ ކޯލް މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

48 ފުޅި ބަނގުރަލާ އެކު ހުޅުމާލެއިން ދެ ދިވެހިން ހައްޔަރު ކޮށްފި

1 ދުވަސް ކުރިން
team

މަޖިލިސް ތެރެއިން ރައީސްގެ ވެރިކަން ވައްޓާލަން ލާހިކު ކުޅަދާނައެއް ނޫން"

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy