ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި ދޯދިލް، މައިޝަމް މުހައްމަދު، 20 އާއި ނ. ކެނދިކުޅުދޫ ގުލްފާމްގެ ޒަޔާން ޔޫސުފް، 23، އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންނެވެ.
މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅުކޮތަޅު ތެރެއިން، 2 ކޭސް ބަނގުރާ (48 ފުޅި) ފެނިފައިވެއިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެމީހުންގެ ބަންދަށް ކޯޓުން ޖަހައިދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް