ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލު ހާމަނުކޮށް ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމް ދެއްވި ދައުވަތަށް އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެ ގައުމަށް ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ.
ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސްއާ ބޮޑުވަޒީރު ލޯރެންސް ވޮންގު އަދި ކެބިނެޓް މިނިސްޓަރުންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރެއްވި އެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެޑައިގެންނެވި އެވެ.
ކޮމެންޓް