ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ: ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައި އިންތިޒާމުތަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފި އެވެ.

ހައްޖުވެރިންނަށް އެންމެ ފުރިހަމަ އިންތިޒާމްތައް ހައްޖު ކޯޕަރޭޝަނުން ވަނީ މިނާގައި ހަމަޖައްސައިދީފަ އެވެ.

މިނާގައި ހުރި އަންހެން ދިވެހި ހައްޖުވެރިއަކު ބުނިގޮތުގައި އިވޭ އަޑުތަކާ އަޅާ ކިޔާއިރު ހައްޖު ކޯޕަޝަންގެ ހިދުމަތްތައް ހީކުރި ވަރަށް ވުރެ ވެސް ފުރިހަމަ އެވެ.

"މި ތަނަށް ފުރަތަމަ އައި އިރު މިއީ ފުރަތަމަ ދަތުރުކަން ވެސް އިހުސާސެއް ނުވެ. އެހާ ވެސް މި ތަނުގެ ހިދުމަތް ރަނގަޅު. ކެއުމުގެ ކަންތައް ވެސް ގަޑިއަށް ނުދެވުނަސް ހަމަ އެންމެ މީހެއް އަންނަންދެން ވެސް އެބަހުރި މަޑުކޮށްފަ. ކާ އެއްޗެހި ހުރޭ ބަހައްޓާފައި،" އޭނާ ބުންޏެވެ.

"މި ތަނުގައި ތިބޭ އެންމެ މަތީ މަގާމުތަކުގެ މީހުންނާ އަހަރެމެންނާ ތަފާތު ކުރާ ތަނެއް ނުފެނެ. އެމީހުން އިރުއިރު ކޮޅާ އެ ދޭ ނަސޭހަތާއި އެ ދޭ ހިދުމަތާ އެއީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ކަމެއް،"

އެހެން އަންހެނަކު ބުނި ގޮތުގައި ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅެވެ. އޭނާ އެންމެ އުފާވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ތިބޭ އެހީތެރިންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުންނެވެ. ރެސްޓޯރެންޓާއި ބަދިގޭގައި މަސައްކަތް ކުރާ ކުދިންނާ ދޭތެރޭގައި ވެސް ބުނާނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ. އެހާ ވެސް ރަނގަޅެވެ.

މިނާގައި ހުރި ޒުވާނަކުން ބުނިގޮތުގައި މިއީ އޭނާގެ ފުރަތަމަ ހައްޖެވެ. ހިދުމަތްތައް ވެސް ވަރަށް ރަނގަޅެވެ.

"އަސްލު ހުރިހާ ކަމެއް ވެސް ވަރަށް ސަޅި. އެންމެން ވެސް އުޅެނީ ވަރަށް އެކުވެރިކޮށް. ހިދުމަތްތައް ވެސް ވަރަށް ރަނގަޅު. ހުރިހާ ކަމެއްގައި އެހީތެރިވެދޭ. އަހާ ސުވާލު ތަކަށް ވެސް ވަރަށް ރަނގަޅަށް ޖަވާބު ވެސް ދޭ ހަމަ. ކެއުން ވެސް މީރު ދިވެހި ކެއުން އެބަ ލިބޭ. ރަހަތައް ވެސް ވަރަށް ރަނގަޅު. އެއްވެސް ދަތިކަމެއް ނެތް،" ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ތައުރީފު ކުރަމުން އެ ޒުވާނާ ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން ދަނީ ދެމުން ކަމަށެވެ. އަދި މިނާއާ އަރަފާތުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިހުރި ކަމަށެވެ.

މި އަހަރުވެސް ދިވެހި ހައްޖުވެރިން މިނާގައި ތިބުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެ ސަރަހައްދުގައި އިތުރު އެއްވެސް ގައުމެއްގެ ހައްޖުވެރިންނެއް ނުތިބޭނެ އެވެ.

މިނާ އަދި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިހާރު ފޭލިގެ ޖަހާ އޭސީ ހަރުކޮށްފައިވާއިރު، މިނާގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ޓެންޓު ހުންނާނެ އެވެ. ކޮންމެ ޓެންޓެއްގެ ބޭރުގައި އެ ޓެންޓުގައި ތިބޭ މީހުންގެ ނަން ލިސްޓާއި ދަތުރު ކުރާ ބަހުގެ އަދަދު، ފަސޭހައިން ސާފު ކުރެވޭނެ ގޮތަށް ފެންނަން ހުންނާނެ އެވެ. މީގެ އިތުރުން ޓެންޓުތަކުގެ ބޭރުގައި ފުރިޖު ބަހައްޓައިގެން ދިވެހިންނަށް ތަފާތު އެކި ވައްތަރުގެ ފިނި ބުއިންތައް ހިލޭ ލިބެން ހުންނާނެ އެވެ.

މިދިޔަ އަހަރަށްވުރެ މި އަހަރު ހަމައެކަނި ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް 60 އަށް ވުރެ ގިނަ ފާހާނާ ހުންނާނެ އެވެ. އަދި ވުލޫ ކުރުމަށް ހާއްސަ ސަރަހައްދެއް އަންހެން ފިރިހެން ވަކިން ކަނޑައަޅާފައިވެ އެވެ. އާންމު ގޮތެއްގައި މިނާގެ ފޭލިގެތަކުގައި 1000 ހާޖީންނަށް ލިބެނީ 6 ފާހާނާ އެވެ.

އެހެންކަމުން މި އަހަރަކީ އެހެން ހުރިހާ އަހަރުތަކަކަށް ވުރެ ވެސް އިންތިޒާމުތައް ފުރިހަމަ އަހަރެއްކަން ފާހަގަކޮށްލެވެ އެވެ.

މިހާރުގެ މެނޭޖްމެންޓުން ހަމަ ހަގީގަތުގައި ވެސް ހައްޖު ކޯޕަރޭޝަން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފި ކަމަށް ގަބޫލު ކުރަންޖެހެ އެވެ. ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން ޒަމާން ކަފުންކޮށް ވަޅުލައިފި އެވެ. މިއަދު ހައްޖު ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރާ އެކު ބަލައިގަން ތަނަކަށް ހަދައިދީފި އެވެ.

ކުންފުނީގެ މިހާރުގެ އަމާޒަކީ އެހެން ބަޔަކަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، ހިންދަމާލުމަށެވެ.

ކޮމެންޓް

team

ނައިފަރަށް 3 ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި

1 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންނަށް މިނިސްޓަރުގެ ސާބަސް

1 ގަޑިއިރު ކުރިން
team

އީދު ނަމާދާ ގުޅިގެން ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

2 ގަޑިއިރު ކުރިން
team

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

6 ގަޑިއިރު ކުރިން
team

ބޯކޮށް ވާރޭ ވެހޭނެތީ އުތުރަށް ވައިޓް އެލާޓް ނެރެފި

8 ގަޑިއިރު ކުރިން
team

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހާ ގުޅިގެން ރައީސް: މިހުރީ ފުޓުބޯޅަ ކުރިއަރުވަން ވީ ވައުދާއެކު

8 ގަޑިއިރު ކުރިން
team

މިތިބީ ރައީސްއާއެކު ސާބިތުވެ، ފިތުނު އުފައްދައިގެން ބައިބައިނުކުރެވޭނެ: އަދުރޭ

8 ގަޑިއިރު ކުރިން
team

ދިވެހި ހުރިހާ ހައްޖުވެރީން މިހާރު ތިބީ މިނާގައި

9 ގަޑިއިރު ކުރިން
team

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް

19 ގަޑިއިރު ކުރިން
team

ޗައިނާގެ ކޯލް މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

48 ފުޅި ބަނގުރަލާ އެކު ހުޅުމާލެއިން ދެ ދިވެހިން ހައްޔަރު ކޮށްފި

1 ދުވަސް ކުރިން
team

މަޖިލިސް ތެރެއިން ރައީސްގެ ވެރިކަން ވައްޓާލަން ލާހިކު ކުޅަދާނައެއް ނޫން"

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy