އީދު ނަމާދާ ގުޅިގެން އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީން ބުނީ އީދު ނަމާދާ ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން ގެންދާ ބަހުގެ ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ.
ނަމަވެސް ދަތުރުވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މާލެއިން އެއާޕޯޓަށް، ހުޅުމާލެ ފޭސް 1 އިން އެއާޕޯޓަށް އަދި ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ހެނދުނު ދަތުރު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެގޮތުން އީދު ނަމާދުގެ ކުރިން ކުރެވޭ ފުރަތަމަ ދަތުރު ފަތިހު 5:30 އިން ހެނދުނު 6:05 އަށް އަދި ނަމާދުގެ ކުރިން ކުރެވޭ ދެ ވަނަ ދަތުރު 6:00 އިން 6:35 އަށް އޮންނާނެ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ދަތުރުތަކަށްފަހު މި ތިން ރޫޓުގެ ދަތުރުތައް ވެސް އީދު ނަމާދަށް މެދުކަނޑާލުމަށްފަހު ދެން ފަށާނީ ހެނދުނު 8:00ގަ އެވެ.
ފެރީގެ ހިދުމަތަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި މާލެއާއި ވިލިމާލެއާ ދެމެދު ފޯރުކޮށްދެމުން އަންނަ ފެރީގެ ހިދުމަތް ހެނދުނު 6:30 އިން ފެށިގެން 8:15 އާ ހަމައަށް މެދުކަނޑާލާނެ އެވެ. އީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30ގަ އެވެ. އީދު ނަމާދަށްފަހު ފުރަތަމަ ފެރީގެ ދަތުރުތައް ފަށާނީ ހެނދުނު 8:15ގަ އެވެ.
ކޮމެންޓް