ޗައިނާގެ ކޯލް މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ

ޗައިނާގެ މައިނެއް ގޮވައި، ގިނަ ބަޔަކު މަރުވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި: ފޮޓޯ/ ސައުތު ޗައިނާ މޯނިން ޕޯސްޓް

ޗައިނާގެ ޝާންޝީ ޕްރޮވިންސުގައި ކޯލް މައިނެއް ގޮވައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން އެކަމާ ހިތާމަ ފައުޅު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

ދަ ގާޑިއަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި 82 މީހުން މަރުވެ، ޒަހަމްވި އެތައް ބަޔަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމުގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާ އެކު، ތައުޒިޔާ ފޮނުއްވާފައިވެ އެވެ.

އެމަނިކުފާނު މެސުޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖެ ޗައިނާއާ އެކުގައި ވާކަން ފާހަގަ ކުރައްވައި، މި ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް، ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށާ، އަދި މީހުން ސަލާމަތް ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެ އެވެ.

ކޮމެންޓް

team

ނައިފަރަށް 3 ފުޅި ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރު ކޮށްފި

1 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންނަށް މިނިސްޓަރުގެ ސާބަސް

1 ގަޑިއިރު ކުރިން
team

އީދު ނަމާދާ ގުޅިގެން ފެރީއާ ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

2 ގަޑިއިރު ކުރިން
team

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފުރިހަމަކަމުން ތައުރީފު އޮހެނީ

4 ގަޑިއިރު ކުރިން
team

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

6 ގަޑިއިރު ކުރިން
team

ބޯކޮށް ވާރޭ ވެހޭނެތީ އުތުރަށް ވައިޓް އެލާޓް ނެރެފި

8 ގަޑިއިރު ކުރިން
team

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހާ ގުޅިގެން ރައީސް: މިހުރީ ފުޓުބޯޅަ ކުރިއަރުވަން ވީ ވައުދާއެކު

8 ގަޑިއިރު ކުރިން
team

މިތިބީ ރައީސްއާއެކު ސާބިތުވެ، ފިތުނު އުފައްދައިގެން ބައިބައިނުކުރެވޭނެ: އަދުރޭ

8 ގަޑިއިރު ކުރިން
team

ދިވެހި ހުރިހާ ހައްޖުވެރީން މިހާރު ތިބީ މިނާގައި

9 ގަޑިއިރު ކުރިން
team

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް

19 ގަޑިއިރު ކުރިން
team

48 ފުޅި ބަނގުރަލާ އެކު ހުޅުމާލެއިން ދެ ދިވެހިން ހައްޔަރު ކޮށްފި

1 ދުވަސް ކުރިން
team

މަޖިލިސް ތެރެއިން ރައީސްގެ ވެރިކަން ވައްޓާލަން ލާހިކު ކުޅަދާނައެއް ނޫން"

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy