މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

މަރުހޫމް މަހުދީގެ ޖަނާޒާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުން: ފޮޓޯ/ އެމްއެންޑީއެފް

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.

މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިރޭ 22:00ގައި އިސްލާމީ މަރުކަޒުގަ އެވެ. އަދި، މައްޔިތާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގަ އެވެ.

މި ޖަނާޒާގައި ބައިވެރިވެލައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުއާ، ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު އިޔާޒުއާ ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެއަށް ކުރިން ހިދުމަތް ކޮށްދީފައިވާ ބޭފުޅުން އަދި، ގިނަ އަދަދެއްގެ ސިފައިން ވަނީ މަހުދީގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

މި ޖަނާޒާގައި،  މަހުދީގެ މޫނު ދެއްކުން ކުރިއަށްދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގަ އެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، މަހުދީގެ އާއިލާއާ ވަނީ ހަވާލު ކޮށްދެއްވާފަ އެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީހެއް އަރުވާފަ އެވެ.

ކޮމެންޓް

team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

7 ގަޑިއިރު ކުރިން
team

"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

8 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

11 ގަޑިއިރު ކުރިން
team

ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

12 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

14 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

14 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
team

ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy