"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު: ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް މި ގޮތަށް ވިދާޅުވީ ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިން މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުލޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ރާއްޖޭގެ އިގުތިސާދީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި އައިއޭގެ ދައުރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި އެމްއޭސީއެލުން ހިންގައި ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ހިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އާދެ އެވެ.

މި ކުރިއެރުންތަކާ އެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެ ހިދުމަތް ފުޅާ ކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލުންއިތުރު ޕްލޭންތައް ހަދަމުން އަންނަކަން ވެސް އެމްޑީ ޝަރީފު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، އެއާޕޯޓުގެ ހިންގުން ހަރުދަނާ ކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ. މިކަންކަމުގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިން، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިން އަދި މޮބައިލް ބޯޑިން ސޮލިއުޝަންތަކުގެ އަދާހަމަ ހިއްސާ ކުރެއްވި އެވެ.

އެއާޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާ ކުރުމުގެ މަގުސަދުގައި ލައުންޖުތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ހިދުމަތްތައް އިޝްތިހާރު ކުރުން އަދި ޑިޖިޓަލް ހިދުމަތް ތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރު ކުރުމަށް އެމްއޭސީއެލުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރެއްވި އެވެ.

ބައިނަލްއަގުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށް ޓަކައި އެކިއެކި އެއާލައިންތަކާއި ފަތުރުވެރި ކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާ އެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

އުމްރާނީގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާ އެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ހާލަތްތަކަށް ތައްޔާރު ވެފައިވާ ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއާޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީއީއޯ އަދި އެމްޑީ ޝަރީފުގެ ވާހަކަފުޅުގައި ވަނީ އަރުވާފަ އެވެ.

ކޮމެންޓް

team

މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

2 ގަޑިއިރު ކުރިން
team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

7 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

11 ގަޑިއިރު ކުރިން
team

ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

12 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

14 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

14 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
team

ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy