"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މި ސަރުކާރަކީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެ ސަރުކާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަން ފާހަގަ ކުރެއްވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އިންތިހާބުތަކާ ދިމާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އިންތިހާބު ނިމޭއިރު ވެސް ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭ ވަރު ނުވުންކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަޤގާމުގައި ހުންނެވިއިރު ވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ފުލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ހަގީގަތަކަށް ހެއްދެވުމަށް، ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފުލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރުން މިހާރު ވެސް ފުލެޓް ބިނާ ކުރުމުގެ އެތައް އައު މަޝްރޫއުތަކެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ހަބަރު ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

ކޮމެންޓް

team

މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

2 ގަޑިއިރު ކުރިން
team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

7 ގަޑިއިރު ކުރިން
team

"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

8 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

11 ގަޑިއިރު ކުރިން
team

ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

12 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

14 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

14 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
team

ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy