ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

ތިން ރައީސުން އެކުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ އެމްޑީޕީ

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވައިލި ކަމުގެ ތުހުމަތަށް ބަންދުކޮށްފައި ތިބި ފަރާތްތަތައް ބަންދުން ދޫކޮށްލި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުފުޅު ހައްދައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި އެކުގައި މަސައްކަތްކުރުމަށް ކުރީގެ ތިން ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން، މަޝްވަރާ ކުރެއްވުމަށް ފަހު ރޭ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުކޮށް އޭގެ ތެރެއިން ތުހުމަތު ކުރެވޭ ތިނެއް ނޫނީ ހަތަރު މީހަކު ޝަރީއަތް ނިމެންދެން ޖަލަށް ލާފައިވާނެ ކަމަށެވެ. އަދި އެމީހުން ބަންދުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދު ދެއްވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ސޯލިހު ރޭގައި ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.

އުޝާމް ވިދާޅުވީ އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު ކަމަށާއި އެންމެ ފަހުން ބަންދުގައި ހުރި ފަރާތް ދޫކޮށްލާފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށެވެ.

އެޓާނީ ޖެނެރަލް އުޝާމް އިތުރަށް ވިދާޅުވީ ސާފުކޮށް ފެންނަން ހުންނަ އެ ޒާތުގެ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް ކަމަށެވެ.

ކޮމެންޓް

team

މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

2 ގަޑިއިރު ކުރިން
team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

7 ގަޑިއިރު ކުރިން
team

"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

8 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

11 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

14 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

14 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
team

ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy