ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ: ފޮޓޯ/ އެމްޑީޕީ

ގާނޫނާ ހިލާފަށް ބާއްވައި އެއްވުންތައް ރޫޅާލައި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވައިލާ އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފް ގުޅިގެން މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ހައްގުތައް އެއް ވެސް ތަފާތު ކުރުމެއް ނެތި، ގާނޫނީ އިމުގެ ތެރެއިން ހަމަހަމަ ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.  

މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމު ކުރަންޖެހެ އެވެ.

އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

ފުލުހުން ބުނީ ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންދާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށް ގެންދަން ވާނީ، ރައްޔިތުންގެ ސަލާމަތާއި، އަދި އެހެނިހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.

ކޮމެންޓް

team

މުހައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

3 ގަޑިއިރު ކުރިން
team

އެމްޑީޕީއަށް ވަދެފިން، ޗެއާޕާސަނަކަށް ތާއީދު ކުރަނީ ނަޝީދަށް: ނަހުލާ

8 ގަޑިއިރު ކުރިން
team

"ރާއްޖޭގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި ވީއައިއޭގެ ދައުރު ވަރުގަދަ ކުރާނަން"

9 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

11 ގަޑިއިރު ކުރިން
team

ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

12 ގަޑިއިރު ކުރިން
team

ރިލްވާން މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހު އިތުރުފުޅު ހައްދައިފި

13 ގަޑިއިރު ކުރިން
team

ޖަޕާނުގެ ސަފީރު މިނިސްޓަރު ހީނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

15 ގަޑިއިރު ކުރިން
team

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖުވެރިން ތިބޭ ހޮޓަލުގައި ސިއްހީ ފަރުވާދޭ ކްލިނިކެއް، 24ގަޑިއިރު ހިދުމަތް ލިބޭނެ

1 ދުވަސް ކުރިން
team

އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

1 ދުވަސް ކުރިން
team

"މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ސަރުކާރު"

1 ދުވަސް ކުރިން
team

އައު ޓާމިނަލާ އެކު ހައްޖުވެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy