ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޓީމަށް ސާބަސް ދެއްވައި ޝުކުރު އަދާ ކުރައްވައިފި އެވެ.
މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ގައުމީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ލިބޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ވަކީން ހާއްސަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަގުވާމީ މި ފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީގީ ފަހުރެއްކަމަށާއި، މިއީ ގައުމީ ރޫހާއި އަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއިން ޗެމްޕިއަންކަން ހޯދީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅެގެން 3-1 ގެ ނަތީއަކުން މޮޅުވެގެންނެވެ.
ކޮމެންޓް