ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ނައިބު ރައީސް ހިތްވަރު ދެއްވައިފި

ދިވެހި ގައުމީ ފުޓްސަލް ޓީމް--

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ޓީމު މާދަމާ ކުޅޭ މެޗަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ނައިބު ރައީސް ހުސައިން މުހައްމައު ލަތީފް، ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ގައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި މިހާރު ވެސް ޓީމުން ހޯދަމުން ދާ ނަތީޖާ ތަކަކީ އުއްމީދު ކުރެއްވި ނަތީޖާ ތަކެއްކަން ފާހަގަ ކުރައްވައި ޓީމާއި މެދު އެ މަނިކުފާނު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. މި މުބާރާތަށް ކުޅުންތެރިން ތަމްރީނު ކޮށްދިނުމަށް ޓީމުގެ ކޯޗު ކޮށްދިން މަސައްކަތް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ދިވެހިންނަކީ ކުޅިވަރުގައި އަބަދު ވެސް އެއްބައިވަންތަ ކަން ދައްކަމުންދާ ބައެއްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުއޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅު ތަކުން ދައްކަމުންދާ ކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ދެއްކި ހިތްވަރު ގަދަ ކުޅުމަށް ސާބަސް ދެއްވަމުން އެ މަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުސަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މާދަމާ ބޫޓާނާ ބައްދަލު ކުރާ މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ވާނެ އެވެ.

ކޮމެންޓް

team

ގައުމީ ފުޓްސަލް ޓީމުން ހޯދީ ތާރީހީ ފަހުރެއް: ރައީސް

17 މިނިޓު ކުރިން
team

ދެ އަހަރު ތެރޭ ހިލޭ ޑިގްރީއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި

7 ގަޑިއިރު ކުރިން
team

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފި

22 ގަޑިއިރު ކުރިން
team

ރައީސްގެ ވައުދާ އެއްގޮތަށް ރޯދަ ހަދިޔާ މަސްދަޅު ހޮނިހިރު ދުވަހު ބަހަން ފަށަނީ

1 ދުވަސް ކުރިން
team

ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

"ބީފާން" ވޮލީ ބޯޅަ މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް

1 ދުވަސް ކުރިން
team

އުކުޅަހުގައި އަލަށް ބެހެއްޓި ޖަނަރޭޓަރުން ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

މާލޭގެ ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ނިކަން ބާރަށް ކުރިއަށް

1 ދުވަސް ކުރިން
team

ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި

1 ދުވަސް ކުރިން
team

އައިންތު މިސް އާއި އެމްޕީއެލް މުވައްޒަފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

2 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުރައިދޫގައި 1000 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy