"ބީފާން" ވޮލީ ބޯޅަ މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް

"ބީފާން" ވޮލީ ބޯޅަ މުބާރާތް ނިންމުން ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވުން— ފޮޓޯ/ ރައީސް އޮފީސް

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކުރިއަށްދާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ގެ ރައީސް ހުސައިން ފަޔާޒެވެ.

ރޭ ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލް މެޗުގައި ވާދަ ކުރީ ފުވައްމުލަކުގެ އެކުވެރި ފުނާޑު ޓީމާއި، ފިޔޯރީ ވޮލީބޯޅަ ޓީމެވެ. މި މެޗު 1 ސެޓު 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ހޯދީ އެކުވެރި ފުނާޑް ޓީމެވެ.

ރަސްމިއްޔާތުގައި މި މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް މެޑަލް އަދި ތަށި ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.  

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިން އިސްނަގައިގެން، ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ޖަމްއިއްޔާއިން އިންތިޒާމުކޮށް، ރާވާ ހިންގާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

ކޮމެންޓް

team

ގައުމީ ފުޓްސަލް ޓީމުން ހޯދީ ތާރީހީ ފަހުރެއް: ރައީސް

17 މިނިޓު ކުރިން
team

ދެ އަހަރު ތެރޭ ހިލޭ ޑިގްރީއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި

7 ގަޑިއިރު ކުރިން
team

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފި

22 ގަޑިއިރު ކުރިން
team

ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ނައިބު ރައީސް ހިތްވަރު ދެއްވައިފި

22 ގަޑިއިރު ކުރިން
team

ރައީސްގެ ވައުދާ އެއްގޮތަށް ރޯދަ ހަދިޔާ މަސްދަޅު ހޮނިހިރު ދުވަހު ބަހަން ފަށަނީ

1 ދުވަސް ކުރިން
team

ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

އުކުޅަހުގައި އަލަށް ބެހެއްޓި ޖަނަރޭޓަރުން ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

މާލޭގެ ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ނިކަން ބާރަށް ކުރިއަށް

1 ދުވަސް ކުރިން
team

ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި

1 ދުވަސް ކުރިން
team

އައިންތު މިސް އާއި އެމްޕީއެލް މުވައްޒަފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

2 ދުވަސް ކުރިން
team

ސްޓެލްކޯއިން ގުރައިދޫގައި 1000 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy