މާލޭގެ ގިނަ ހިސާބުތަކަކުން މާދަމާ ހެނދުނު ގިނައިރުތަކެއް ވަންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ޓަކައި، މާލެ ސިޓީ، ބާމިޔާ ގޯޅި، ބުރުޒު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، ދިލްބަހާރު މަގު، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު އަދި ނިކަގަސް ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 08:00 އާއި މެންދުރު 12:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އޭގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތެއް ކުރުމަށް މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ވެސް މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މައާފަށް އެދިފައިވެ އެވެ.
ކޮމެންޓް