ޑިއުޓީ އަދާކުރަމުންދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި އެމްޕީއެލް މުވައްޒަފާއި އަމީނިއްޔާ ސްކޫލްގެ ދިވެހި ޓީޗަރު، އައިމިނަތު ހަސަން (އައިންތު މިސް) ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް، އެކްސްގައި ވަކިވަކިން ކުރެއްވި ޕޯސްޓުގައި ވަނީ އެ ދެމީހުންގެ އާއިލާއަށް ވެސް ތައުޒިޔާ ވިދާޅުވެ، މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރު ކުރައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
މަސައްކަތުގެ ވާޖިބު އަދާކުރަމުންދަނިކޮށް ފިޓެއް ޖެހިގެން މިއަދު ނިޔާވީ އެމްޕީއެލްގެ މުވައްޒަފު، ގއ. ދެއްވަދޫ ދެނުކުގެ އަމީން އަބްދުލްހަމީދު، 30، އެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ އެވެ.
އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ.
ކޮމެންޓް