ސްޓެލްކޯއިން އއ. އުކުޅަހުގައި އަލަށް ބެހެއްޓި 1000 ކިލޯވޮޓުގެ ޖަނަރޭޓަރުން އެ ރަށަށް ކަރަންޓު ދޭން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އަތޮޅު ތެރޭ އިންޖީނުގެ ތަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރު ކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރު ވުމަށް ކުރެވެމުން ދާ މަސައްކަތް ތަކުގެ ތެރެއިން އުކުޅަހަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި، ކޮމިޝަންކޮށް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ސެޓާ އެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 2564 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން މިހާރު އަންނަނީ މި އަހަރުގެ ޕީކް ސީޒަނާއި ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅު ތެރޭގެ ގިނަ ރަށް ތަކަކަށް އައު ޖެންސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތުގެ ދަށުން މިހާތަށް ވަނީ ތޮއްޑޫ އާއި ގުރައިދޫގައި ވެސް 1000 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ބަހައްޓައި ކަރަންޓު ދޭން ފަށާފަ އެވެ.
ކޮމެންޓް