މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށައިފި އެވެ.
މިފްކޯ އިން ބުނީ އެގޮތުން 10 ކިލޯގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށާއި ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް އެ ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާ ކަމަށެވެ.
އަދި 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުންދާ އިރު ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާ ކަން މިފްކޯއިން ފާހަގަކުރި އެވެ.
މިފްކޯއިން ބުނީ މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ކުންފުންޏާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.
ކޮމެންޓް