މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީފް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
މިފްކޯއިން މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތަކަށް ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުން މި ބަދަލު ގެނައީ މިފްކޯއިން ފިއުލް ސައިޕްލައި އާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުންނެވެ. މި ގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެ އެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވާނެ އެވެ.
މިފްކޯއިން ބުނީ ބުނީ މި ގެނައި ބަދަލާ އެކު މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދާނީ ލީޓަރަކަށް 13.90ރ. އަށް ކަމަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާ ނަމަ ލީޓަރެއް 13.72ރ. އަށެވެ.
މީގެ އިތުރުން އާންމު ފަރާތްކަށް ތެޔޮވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފަ އެވެ. މިގޮތުން އާންމު ފަރާތްކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮވިއްކަމުން ދާނީ ލީޓަރެއް 14.43ރ. އަށެވެ.
މިފްކޯއިން ބުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލަކީ މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭ ހިމެނޭ ބައެއް ކަމަށެވެ.
ކޮމެންޓް