ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަންނަ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުން ބާއްވާނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
"މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ވިޔަފާރިވެރިންނަށް އަރުވަން،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ޑރ. މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
ކޮމެންޓް