މަސްވެރިންނަށް ފަސޭހަކޮށްދޭން މިފްކޯއިން ހާއްސަ އެޕެއް ތައާރަފު ކޮށްފި

މަސްވެރިންނަށް ފަސޭހަކޮށްދޭން މިފްކޯއިން ހާއްސަ އެޕެއް ތައާރަފު ކުރުން --

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީފް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން "މަސްކިރާ" ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

މަސްކިރާ އެޕް އިފުތިތާހުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

މަސްކިރާ އެޕްލިކޭޝަނަކީ މިފްކޯގެ ސެންޓަރުތަކާއި ބޯޓު ފަހަރަށް މަސްވެރިން މަސްކިރަން ދާއިރު، އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި އޮޓޯ ޖެނެރޭޓް ކުރެވޭ ކިޔޫ ނަމްބަރެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެކްލިކޭޝަނެކެވެ. މަސްކިރުވުމަށް ކިޔޫ ނަމްވަރު ނެގުމުގެ އިތުރަށް ފެނާއި އައިސް ގަތުން ފަދަ ހިދުމަތްތަކަށް ވެސް ދުރާލާ ކިޔޫ ނަމްބަރު ނެގޭނެ އެވެ.

މިފްކޯއިން ބުނީ މި އެޕްގެ ސަބަބުން މަސްކިރުވުމަށް ކިޔޫ ނަމްބަރު ހޯދުމުގައި މީގެ ކުރިން މަސްވެރިން އުފުލަމުން އައި ބުރައަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި ދޯނިފަހަރުން ތެލަށް ކުރަމުން އައި ހަރަދުން ވެސް ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރަށް އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި އޮޓޯ ޖެނެރޭޓްކޮށް ކިޔޫ ނަމްބަރު ނެގޭ ގޮތަށް ހަމަޖެހުމުން ކުންފުނިން މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ ހާމަކަން ބޮޑުވެ، ދެ ފަރާތުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

ކިޔޫ ނަމްބަރު ނެގުމުގެ އިތުރަށް އެހެން ފަސޭހަތަކެއް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ލިބޭނެ އެވެ. އެގޮތުން މަސްވެރިންނަށް އެމީހުންގެ އޮޑި ރަޖިސްޓަރީ ކުރުމުގެ ފުރުސަތާއި އެ ދޯންޏަކުން މަސް ކިރުވި އަދަދުތަކާއި ދުވަސްތައް ފަދަ ތަފާސްހިސާބު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް

team

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް 3 ކިލޯގެ ކެނަބިސް އަތުލައިގެންފި

2 ގަޑިއިރު ކުރިން
team

އުމްރާނީ ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

3 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

5 ގަޑިއިރު ކުރިން
team

ބުދަ ދުވަހުގެ ރޭ ރައީސް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަނީ

17 ގަޑިއިރު ކުރިން
team

ރައީސް ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެ ރޭ

17 ގަޑިއިރު ކުރިން
team

މިފްކޯއިން 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން ގަންނަން ފަށައިފި

1 ދުވަސް ކުރިން
team

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

1 ދުވަސް ކުރިން
team

ރައީސް އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

1 ދުވަސް ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

1 ދުވަސް ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

1 ދުވަސް ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy