"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް --

މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޝިޔާމް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް މީގެ ކުރީ އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާކަމަށާ ހޯދާފައި ހުރީ ވަގުތީ ހައްލު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މީގެ ކުރީސަރުކާރުން ސިޔާސީ ބޭނުމަށް ޓަކައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އަގުގައި ބެހެއްޓި ނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށެވެ. އެކަމުގެ ސަބަބަން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ޖުމްލަ ހައްލު ހޯދައިދޭނެ ކަމަށާއި އެ މަޝްރޫއުތައް ކުރިއަތް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިއީ މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާއަތަށް އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާ ކުރެވޭނެ ގާބިލުކަން އިތުރުކުރެވިގެންދާނެ ކަމަށާ މި ގޮތުން ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

7 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

8 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

15 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

15 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

17 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
team

ދުވާފަރު ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy