ރ. ދުވާފަރުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައި ވާނީ އާންމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައިގެން ކަމަށެވެ.
އެގޮތުން ރޫޓައި ޝެޑިއުލް އެކުލަވާލިއިރު އިސްކޫލުތަކާއި ބީޗް ސަރަހައްދާއި އޮފީސްތަކާއި އިންޑަސްޓްރިއަލް ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާއި ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
އާރުޓީއެލް ދުވާފަރު ބަހުގެ ހިދުމަތް އިސްކޫލުތައް ހުޅުވިފައި އޮންނަ ދުވަސްތަކުގައި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތީގެ ނިލަޔަށް ކޮންމެ ދުވަހަކު ހެނދުނު 6:00 އިން މެންދުރުފަހު 3:30 އަށް ފޯރުކޮށްދޭނެ އެވެ.
ހޮނިހިރު ދުވަހާއި އިސްކޫލުތައް ބަންދު ދުވަސްތަކުގައި މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އާރުޓީއެލް ބަހުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ކޮމެންޓް