މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

ރައީސް ޑރ. މުއިއްޒު ދުވާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ކަމަށާއި، މި މޭރުމުން ފާޅުކުރާ އެއްވެސް ހިޔާލަކާއި ދޭ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާއަތުގައި އެކި ގޮތްގޮތުން ޝާމިލުވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި، މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބޭބޭފުޅުން ބައިވެރިވެލެއްވި މި ބައްދަލު ކުރެއްވުމުގައި އެ ބޭފުޅުން ވަނީ، ދާއިރާގެ ކަންކަމާ ބެހޭ ގޮތުން، އެކި ކަންކަމުގައި ހިޔާލާއި މަޝްވަރާދެއްވާފަ އެވެ. އަދި އެކި ގޮތްގޮތުން ހުރި ކަންބޮޑުވުންތައް ވެސް ރައީސް އާ ހިއްސާ ކުރެއްވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ، އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ހިއްސާ ކުރެއްވި އެއްވެސް ހިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފާހަގަ ކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެ ކަމަށާ، މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތާ ގުޅިގެން އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށާ، އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު އެ ކަމަކަށް ފައްކާވުމާ ގުޅިފައި އޮތް މަސައްކަތްޕުޅުތަކެއްކަން ފާހަގަ ކުރެއްވި އެވެ. އަދި، ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫއުތަކާއި، ސީދާ ދިވެހި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމެނޭކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވަނީ، މިރޭ ކުރިއަށްގެންދަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ހަބަރުތަކެއް ހިއްސާ ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި އެއީ އިހުލާސްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.

މަސްވެރިކަމުގެ ސިނާއަތް، ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައި ވެސް ރައީސް ޑރ. މުއިއްޒު ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

7 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

8 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

10 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

15 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

17 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
team

ދުވާފަރު ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy