މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ 'ތިލަމާލެ' ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މި މަޝްރޫއުގައި ޖެހުމަށް ކަނޑައެޅިފައިވާ ހުރިހާ ތަނބެއްގެ ޕައިލިންގް މަސައްކަތް ވަނީ ނިމިފަ އެވެ.
530 މިލިއަނަށްވުރެ ބޮޑު އަދަދެއް ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ތެރެއިން ޕައިލްކެޕް ބިނާކުރުމާއި ޕިއާ ކޮލަމްތަކުގެ 98 ޕަސެންޓް މަސައްކަތް ވެސް ވަނީ ނިމިފަ އެވެ.
ބުރިޖެއްގެ ސިފަ ޖެއްސުމަށާއި ޑެކު އެޅުމުގެ ބޭނުމަށް ޓަކައި ސެގްމެންޓުތަކެއް ޕްރީ ކާސްޓު ކުރަން ޖެހޭއިރު މި މަސައްކަތުގެ 75 ޕަސެންޓް ވަނީ ނިމިފަ އެވެ.
ބިނާ ކުރި ޕްރީކާސްޓު ސެގްމެންޓުތަކުގެ 36 ޕަސެންޓް މިހާރު ވަނީ ލޯންޗު ކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ޖުމުލަ މަސައްކަތްތަކުގެ 67.4 ޕަސެންޓް ވަނީ ފުރިހަމަ ކުރެވިފަ އެވެ.
މި މަޝްރޫއު ހިންގުމަށް ޓަކައި އިންޑިއާގެ އެގްޒިމް ބެންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 400 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު އެ ގައުމުގެ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ފޯރުކޮށްދީފައިވެ އެވެ.
ކޮމެންޓް