މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވައިލައްވައިފި އެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވުނު، މަސްކެނޑުމުގެ މުބާރާތް ކުރިއަށް ދިޔައީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިންނެވެ.
އަންހެން އަދި ފިރިހެނުންގެ ބައިން މަސްކެނޑުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފަ އެވެ. ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު މިނިސްޓަރ އޮފް އަހުމަދު ޝިޔާމެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ދުވާފަރުގައި ވަނީ ''ރަހަވަރު'' ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ވެސް ބާއްވާފަ އެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް އައި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުހައްމަދު އެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެ އެވެ.
ކޮމެންޓް