ދުވާފަރު ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފި

ދުވާފަރު ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްޓީސީސީ

ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތުގެ އަމަލީ ފަށާފައިވަނީ‏ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، ކެބިނެޓު މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ، ދުވާފަރު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ވަށާފާރު ރޭނުމާއި އޮފީސް އިމާރާތެއް ހެދުމާއި ގައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި ގަރާޖެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެވެ.

5047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމަކީ ރަށުގައި ކުށް މަދުކުރެވި ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކޮމެންޓް

team

ރައީސް އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

1 ގަޑިއިރު ކުރިން
team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

13 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

13 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

13 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

16 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

18 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

19 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

20 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

21 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

22 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

22 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy