ރައީސް އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރައްވާނީ އިމާދުއްދީން އިސްކޫލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8:30ގައި ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި ރައީސް ބާއްވަވާ ބައްދަލުވުންތަކުގެ ބޭނުމަކީ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.

އަންގާރަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް ގަލޮޅުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ދައުވަތު ދީފައިވެ އެވެ.

ރައީސް ގެންދަވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.

ވެރިކަމާ ހަވާލުވެޑައިގަތް ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ ‏ރައީސް ޑރ. މުއިއްޒު ‏ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވެސް ވަޑައިގެންފަ އެވެ.

ކޮމެންޓް

team

މިފްކޯއިން 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން ގަންނަން ފަށައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

5 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ފަސޭހަކޮށްދޭން މިފްކޯއިން ހާއްސަ އެޕެއް ތައާރަފު ކޮށްފި

6 ގަޑިއިރު ކުރިން
team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

19 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

20 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

20 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

22 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

1 ދުވަސް ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

1 ދުވަސް ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

1 ދުވަސް ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

1 ދުވަސް ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy