ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ތިން ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނީ މި މަހުގެ 13 ވަނަ ދުވަހު އެ ތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމަށެވެ.
އެގޮތުން ތިން ކިލޯ 50 ގްރާމްގެ ކެނަބިސް ފަތް އަތުލައިގެންފައިވެ އެވެ. މި ތަކެތީގެ މަގުމަތީ އަގު، 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
ރާއްޖެއިން ދޭތެރެ ދޭތެރެއިން ކެނަބިސްގެ ބާވަތްތައް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން އަތުލައިގަނެ އެވެ.
ކޮމެންޓް