މާލޭގެ ދެ ސަރަހައްދަކުން މިއަދު މެންދުރުފަހު ކަރަންޓު މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ޓަކައި، ހިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލޭގެ ދެ ސަރަހައްދަކުން މިއަދު މެންދުރުފަހު ކަރަންޓު ކަނޑާލަންޖެހިދާނެ ކަމަށެވެ.
އެ ގޮތުން ދުނބުރި މަގު އަދި ސީސަން މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 2:00 އާއި 4:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިކަމުން އާންމުންނަށާއި ވިޔަފާރި ތަކަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
ކޮމެންޓް