އުމްރާނީ ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ޗައިނާއާ އެކު މަޝްވަރާކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮފް ޗައިނާގެ 14ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސްޗެއާ، ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ‏‏ޒިޔާރަތެއް ކުރެއްވުން --

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން، މިސްޓާ ވޮންގް ޑޮންގްމިން، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.

ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ދޭ އެއްބާރުލުން ފާހަގަކުރައްވައި، ޗައިނާއިން ދޭ ދީލަތި އެހީތެރިކަމަށް ޓަކައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ދޭ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައި ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ގާއިމުކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދޭނެ މަގުތައް ހޯދުމާއި ގުޅޭ ގޮތުންނެވެ.

އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ.

މީގެ އިތުރުން ރައީސް ޑރ. މުއިއޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ގައުމުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވައިސް ޗެއާ ވޮންގް ޑޮންގްމިން، ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ ދެ ގައުމާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރު ވެސް ކުރިއަށް ދާ ދާއިރާތަކުން އެހީތެރިކަން ދިނުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވޮންގް ޑޮންގްމިން ވަނީ ދެއްވާފަ އެވެ.

މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ޗައިނާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދީ، ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވައިސް ޗެއާމަން، ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

team

ސިނގިރޭޓު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

5 ގަޑިއިރު ކުރިން
team

މާލޭގެ ދެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

6 ގަޑިއިރު ކުރިން
team

ރަސްމާދޫގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

10 ގަޑިއިރު ކުރިން
team

ސިނަމާލެ ބުރިޖުގެ އުތުރުފަރާތު ލޭނު މިރޭ ބަންދު ކުރާނެ

11 ގަޑިއިރު ކުރިން
team

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް 3 ކިލޯގެ ކެނަބިސް އަތުލައިގެންފި

16 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

18 ގަޑިއިރު ކުރިން
team

ބުދަ ދުވަހުގެ ރޭ ރައީސް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
team

ރައީސް ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެ ރޭ

1 ދުވަސް ކުރިން
team

މިފްކޯއިން 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން ގަންނަން ފަށައިފި

1 ދުވަސް ކުރިން
team

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

1 ދުވަސް ކުރިން
team

މަސްވެރިންނަށް ފަސޭހަކޮށްދޭން މިފްކޯއިން ހާއްސަ އެޕެއް ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ރައީސް އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy